ޚަބަރު

ހުޅުމާލެއިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ


  • ކުއްޖާ ގެއްލިގެން އެމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:30ހާއިރު

އުމުރުން 15 އަހަރުގެ ކުއްޖަކު ހުޅުމާލެއިން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އުމުރުން 15 އަހަރުގެ ކުއްޖަކު ގެއްލިގެން އެމައްސަލަ މިއަދު ހެނދުނު 8:30އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

ހުޅުމާލޭ ފޭސް 2 ގެ ސްކޫލަކަށްދިޔަ އަންހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ފުލުހުންނާއި ތައުލީމީ ވުޒާރާ ގުޅިގެންނެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހިޔާޓަވަރު 8އިން ސްކޫލަށް ދިޔަ މިކުއްޖާ ސްކޫލަށް ނުވަންނަކަން ކަށަވަރު ކުރެވިފައިވާކަމަށެވެ.

މި މައްސަލައާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 9310707 އަށް ގުޅުއްވައި އެމަޢުލޫމާތު ހިއްސާ ކުރެއްވުމަށް ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ.