ޚަބަރު

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ނިޡާމް


  • ސްޓެލްކޯގެ ބޯޑަށް ނިޡާމް އައްޔަނުކުރައްވާފައިވަނީ ޕީސީބީން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ދ. މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް އަޙްމަދު ނިޡާމް އައްޔަނުކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ހިންގުމާއި، ބެލެހެއްޓުމުގެ އިތުރުން ޕްރައިވަޓައިޒް ކުރުމުގެ ޤާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު ލިބިދީފައިވަނީ ޕީސީބީ އަށެވެ.

މި ބަދަލާއެކު، ސަރުކާރުގެ މައި އެއް ކުންފުނި ކަމަށްވާ ސްޓެލްކޯގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ބޯޑުގެ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.