ގައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބު ބަލިކޮށް ކުލަބް ވެމްކޯ އިން މުބާރާތުގެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗު ކުލަބް ވެމްކޯ އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށް ފަހު 3-2 ސެޓުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ވެމްކޯއަށް ފެށުން ރަނގަޅަށް ނުދިޔުމުގެ ފައިދާ ނަގާ ހުރާ ފުރަތަމަ ސެޓް ގެންދިޔައީ ފަސޭހަކަމާ އެކު 25-15 އިންނެވެ. އެހެން ނަމަވެސް ޖެހިގެން އައި ސެޓުގައި ވެމްކޯއިން ކުޅުން ރަނގަޅު 25-20 ސެޓް ކާމިޔާބު ކުރިއެވެ.
ހުރާއިން މެޗުގެ ތިންވަނަ ސެޓު އިތުރު ހިއްވަރެއްލާ ކާމިޔާބު ކުރިއިރު ވެމްކޯ އިން ވަނީ ރަނގަޅު ވާދައެއްކޮއްފައެވެ. މި ސެޓް ހުރާ ކާމިޔާބު ކުރީ 25-22 އިންނެވެ. މިއާއެކު މެޗުގެ ފޯރި އިތުރަގަދެވެގެން ދިޔައީ ނިމިގެންދިޔަ ސެޓްގެ ނަތީޖާ އިން ވެމްކޯ ހަތަރު ވަނަ ސެޓު ކާމިޔާބު ކޮށް ދެޓީމު އެއްވަރުވުމުންނެވެ.
ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓުގައި ވެމްކޯގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފައިދާ ނަގާ ވެމްކޯ މެޗު ކާމިޔާބު ކުރީ 16-14 އިން ސެޓް ކާމިޔާބުކޮއްގެންނެވެ. ފަހު ސެޓް ވެމްކޯ ކާމިޔާބު ކުރި ނަމަވެސް ހުރާގެ ޒުވާން ކުޅުންތެރިން ވަނީ ހިއްވަރުދޫނުކޮށް ރަނގަޅު ވާދައެއްކޮއްފައެވެ.
މި މޮޅާ އެކީގައި ހަތަރު ޓީމު ވާދަކުރާ ލީގު ބުރުގައި ވެމްކޯ އެއްވަނައިގަ އޮތީ 5 ޕޮއިންޓާއެކުވެ. ދެވަނައިގަ ޕޮލިސް ކުލަބު އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. ފްލެކްސަރ ސްޕޯޓްސް ކުލަބު ތިންވަނައިގަ އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. ހުރާ ކޮމިއުނީޓީ ކުލަބަށް ލިބިފަވަނީ އެންމެ ޕޮއިންޓެކެވެ. ލީގު ބުރުގެ ފަހު މެޗުގައި ވެމްކޯ މިރޭ ނުކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.
ގައުމީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރަނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމެވެ. އެހެން އަހަރުތަކާ ޚިލާފަށް ގިނަ މެޗުތަކެއް ކުޅޭ ގޮތަށް މި ފަހަރު މުބާރާތް ރޭވިފައިވާއިރު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖަގާ ލިބިގެންދާނެއެވެ.
އަދި ފައިނަލްގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ އާއި ތިންވަނަ ބައްދަލުކުރާ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ.