އޭޝިއަން މެރެތަން ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވާދަކުރާނީ މުޙައްމަދު އިރުފާން ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ. 
އޭޝިއަން މެރަތަން ޗެމްޕިއަންޝިޕް އޮންނާނީ މި މަހުގެ 30 ގައި ޗައިނާގެ ޖިއާޝިންގައެވެ. 
އުމުރުން 29 އަހަރުގެ އިރުފާނަކީ ބޭރު ގައުމުތަކުގެ މެރަތަންތަކުގެ އިތުރުން ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި 5000 އަދި 10000 މީޓަރުގެ ދުވުންތަކުގައި ބައިވެރިވާ އެތުލީޓެކެވެ. 
އިރުފާން ވަނީ 2021 ވަނަ އަހަރު  ބޭއްވި 30 ވަނަ ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 5000 އަދި 10000 މީޓަރު މެރަތަންގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ. 
މީގެ އިތުރުން އިރުފާން ވަނީ ތުރުކީގައި ބާއްވާ އެންމެ ބޮޑު އެއް މެރަތަން "ރަން ތަލްޔާ 2022" ގައި އޭނާ ބައިވެރިވި އުމުރުފުރާގެ އެއްވަން ހޯދާފައެވެ.