މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރުގެ ފުރަތަމަ 18 ދުވަހާއި އަޅާބަލާއިރު މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ %9.9 އިތުރުވެފައެވެ. 
މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 18 ދުވަހު ރާއްޖެއަށް 117،532 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 106،936 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %9.9 އިތުރުވުމެކެވެ. 
		
			ރަޝިއާ – 15،077 ފަތުރުވެރިން
އިޓަލީވިލާތް – 12،560 ފަތުރުވެރިން
އިނގިރޭސިވިލާތް – 10،621 ފަތުރުވެރިން
		
										
			އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 އާއި 8000 ދެމެދުގެ އަދަދަކަށް ފަތުރުވެރިން އާދެއެވެ. 
ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން %60 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ރިސޯޓްތަކުގައެވެ. %25 ފަތުރުވެރިން ގެސްޓްހައުސްތަކުގައި އަދި %2.4 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.