ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮތް މީހެއް ފެނިފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.
އެއީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، އެ މީހާއާއި ގުޅޭ އިތުރު އެއްވެސް ތަފްޞީލެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ބަލާ ފާސްކުރަމުން ދަނިކޮށް މަރުވެފައި އޮތް މީހަކު ފެނުނު އެޕާޓްމަންޓަކީ މީހުން ދިރިނޫޅޭ އެޕާޓްމަންޓެއްކަމަށް ވަނީ މަޢޫލޫމާތު ލިބިފައެވެ.
މި މައްސަލަ އިތުރަށް ތަޙުޤީގުކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.