ޚަބަރު

ޕިކަޕަކާއި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިިޑެންޓެއް


  • އަނިޔާވީ ދިވެހި ފިރިހެނަކަށް

  • އެކްސިޑެންޓުގައި ފިރިހެން މީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފައި

ހަވީރީ ހިނގުން، ފުންހިޔާ ބިލްޑިންގ ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދުގެ 11:30 ހާއިރުއެވެ.

ދިވެހި ފުލުހުންގެ ޙިދުމަތުން ބުނީ މި އެކްސިޑެންޓުގައި ސައިކަލް ދުއްވަން ދިވެހި ފިރިހެން މީހާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން އޭނާގެ ފައިގެ ކަށިމަތި މަށައިގެން ގޮސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ އަނިޔާ ލިބުނު މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި މިހާރު އާއިލާއާއި ހަވާލު ކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ދިވެހި ފުލުހުންގެ ޙިދުމަތުން ބުނެއެވެ.