ޚަބަރު

ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި


  • މިއީ 3 ދުވަހުގެ ދަތުރުފުޅެއް

  • އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާއި ބައްދަލުކުރައްވާނެ

ރަސްމީ ދަތުރުފުޅެއްގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ހުކުރު ދުވަހުގެ ނިޔަލަށް ޚާރިޖީ ވަޒީރު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.


ޚާރިޖީ ވުޒާރާއިން ވިދާޅުވީ ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވާނެކަމަށެވެ. އަދި އެ ބައްދަލުވުމުގައި އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ޒާމާންވީ ގުޅުން އިތުރަށް ހަރުދަނީ ކުރުމާ ގުޅެގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.