ޚަބަރު

ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި


  • މިހަރަކާތުގައި ވަނީ މުވައްޒަފުންގެ އަގުވަޒަންކޮށްފައި

  • މުވައްޒަފުންގެ ތަފާތު ހަރަކާތްތަކެއް ވަނީ ބާއްވާފައި

  • އަންނަ އަހަރުން ފެށިގެން "ޕީއެސްއެމް ނިއުސް އެވޯޑްސް" ދެނީ

ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

24 ގަޑިއިރު ޚަބަރާއި މަޢުލޫމާތު ފަތުރަމުން އަންނަ ޕީއެސްއެމް ނިއުސް ޗެނަލްގެ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން ތަފާތު ޙަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެގޮތުން އަހަރީ ދުވަހާ ގުޅިގެން ޓީވީ މޯލްޑިވްސްގައި ކުރިން ޚަބަރު ހުށަހަޅައިދިން މަޝްހޫރު ޕްރެޒެންޓަރުން ނުވަތަ އެންކަރުން ޚަބަރުތަކަށް އެރުވުމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޝަރަފްވެރިކޮށްދެއްވި ރަސްމީ ޖަލްސާ ހިމެނެއެވެ.

ފަހު ހަރަކާތެއްގެ ގޮތުގައި ބާއްވާފައިވަނީ ސްޓާފް ނައިޓެކެވެ. މި ސްޓާފް ނައިޓުގައިވެސް ތަފާތު ހަރަކާތްތަކެއްވަނީ ބާއްވާފައެވެ. އެގޮތުން މުވައްޒަފުންގެ އަގުވަޒަންކުރުމާއި މުވައްޒަފުންގެ ޙުށަހެޅުންތައް ހިމެނެއެވެ.

މި ސްޓާފް ނައިޓްގައި މުވައްޒަފުންނާއި މުޚާތަބުކުރައްވައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ ޕީއެސްމް ނިއުސްގެ އަހަރީ ދުވަސް ކުލަގަދަކޮށް އަދި ކާމިޔާބު ކަމާއެކު ފާހަގަކުރެވުމުން ހިންހަމަ ޖެހޭކަމަށެވެ.

މަސައްކަތުގައި އުޅޭއިރު މާޔޫސްވާ ކަންކަމާއި ގޮންޖުންތަކާއެކުވެސް ޕީއެސްއެމް ނިއުސްގެ ޓީމުން ދައްކާ ހިތްވަރަށް މެނޭޖިން ޑިރެކްޓަރ ވަނީ ޝުކުރު ޙައްޤުކަން ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުގެ މާޔޫސްވާ ކަންތައްތައް ދިމާވި. އެކަމަކު އެ ދެރަވި ދެރަވުން އަޅުގަނޑުގެ މޫނަށް އުފާވެރިކަން ލިބުނީ ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަހު މުޅި ޓީމުން ދިން ސަޕްރައިޒުން. އަޅުގަނޑުގެ ފޯނަށް އަޅުގަނޑަކަށް ނޭގެ ކިތައްކޯލަށްކަމެއް ޖަވާބު ދެވުނީކީ. ދުވާލަކު 100 ކޯލަށް ޖަވާބު ދޭ ދުވަސް ވެސް އާދޭ. އިއްޔެ މުޅި އިންބޮސް ފުލްވެފައި އޮތީ ޕީއެސްއެމްގެ ސްކްރީނުން ކުރީގެ މޫނުތައް ފެނިގެން ދިޔުމުން" އެމްޑީ ޒީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޕިއެސްއެމް ނިއުސްގެ ކަންކަން އިތުރަށް ރަނގަޅުކުރުމަށް ކުރިއަތް އޮތް 3 މަސް ތެރޭގައި ރާއްޖޭގެ 3 ސަރަހައްދެއްގައި ބިއުރޯ އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މީގެ އިތުރުންވެސް ނިއުސްގެ ކަންކަން އިތުރަށް ހަރުދަނާކޮށް މުވައްޒަފުންގެ ކުރިއެރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށްއޮތް ދުވަސްތަކުގައި ގަދައަޅައި މަސައްކަތް ކުރައްވާނެކަމަށެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޔާމިން ވިދާޅުވީ ޕީއެސްއެމްގެ ފާއިތުވި 7 އަހަރު ދުވަހު ވަރަށް ބޮޑު ތަފާތެއް ދައްކާފައިވާކަމަށެވެ.

އެގޮތުން ހަރުދަނާ ކުޅަދާނަ ޓީމަކުން ކުރާމަސައްކަތުން ނިކުންނަ ނަތީޖާ މިއަދު ފެނިގެން ގޮސްފައިވާކަމަށް ޔާމިން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އޮފީސް މާހައުލެއްގެ ތެރެއިން ފެންނާނެ އެންމެ ރަނގަޅު މިސާލު މިއަދު ޕީއެސްއެމް ނިއުސްގެ ޓީމުގެ ދައްކުވައިދީފައިވާކަމަށެވެ.

"އަމިއްލަ އިސްނަގައިގެން އަމިއްލަ އައިޑިއާއެއް ކްރިއޭޓެއް އިޖާދުކޮށް އަމިއްލަ އަހަރީ ދުވަސް ފާހަގަކުރުމަށް ޕްރެސެންޓެއްކުރުމުން ޕީއެސްއެމް ނިއުސްއިން ބުނެދެނީ މިއީއޭ ސްޓައިގައި ކަންތައްކޮށްލައި ގޮތަކީ." ޔާމީން ވިދާޅުވިއެވެ.

މި ހަފްލާގައި ވާހަކަ ދައްކަމުން ޕީއެސްއެމް ނިއުސްގެ ހެޑް ހުސެއިން އަމީން ވަނީ ނިއުސް ޓީމާ ހަވާލުވިފަހުން ނިއުސްއަށް ތަފާތު ގިނަ ބަދަލުތަކެއް ގެނެވިއްޖެކަން ފާހަގަކުރައްވައި، އެންމެ ބޮޑު އިސްކަމެއް ދިނީ މުވައްޒަފުނަށް ހުރި ދަތިތައް ހައްލުކުރުމަށްކަމަށް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ގޮންޖެހުންތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަސް ދެން އަންނަ އަހަރު މިހާރަށްވުރެ ކުލަގަދަކޮށް ފާހަގަކުރާނެކަމަށެވެ.

"އަދި މި ވީ 6 މަސް ކުރިއަތް މާގިނަ ދުވަސް އެބައޮތް. އެދުވަސްތަކުގައި މިއަތްވުރެއް ރަނގަޅަށް ކުރެވޭނެ. އަޅުގަނޑު ހުންނާނަން ކޮންމެ މުވައްޒަފެއްގެ މަސައްކަތް ނިމެންދެން. އަޅުގަނޑާއި ދިމާވާނެ. ހައްލުކުރަން ބޭނުންކަމެއް ހައްލުވާނެ" އަމީން ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްގެ އަހަރީ ދުވަހާއި ގުޅުވާ ބޭއްވި ހަފްލާގައި ފުރަތަމަ ފަހަރަށް ޕީއެސްއެމް އެވޯޑުވެސް ދޭން ނިންމައި އެވޯޑްވަނީ ތައާރަފްކޮށްފައެވެ.

މި އެވޯރޑް ތައާރަފްކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާރ އަބްދުﷲ ޔާމިންނެއެވެ.

ޕީއެސްއެމް ނިއުސްގެ އެވޯޑްސްދޭ ކެޓެގަރީތައް:

● އެޓެންޑެންސް އެވާރޑް
● ބެސްޓް ނިއުސް ޕްރޮޑިއުސާރ
● ބެސްޓް ޕޮރޮޑިއުސާރ އޮފް ދާ އިޔާރ
● ބެސްޓް ޕްރްގްރާމް
● ބެސްޓް ކެމެރާ މޭން
● ބެސްޓް ޖާރނަލިސް އޮފް ދަ އިޔާރ
● ބެސްޓް އެޑިޓަރ އޮފް ދަ އިޔާރ
● ބެސްޓް އޮންއެއަރ އޮފަރޭޓަރ އޮފް ދަ އިޔާރ
● ބެސްޓް ވީޑިއޯ އެޑިޓަރ އޮފް ދަ އިޔާރ
● ބެސްޓް ސެކްޓްރީ އޮފް ދަ އިޔާރ
● ބެސްޓް އޮންކެމް ރިޕޯޓް އޮފް ދަ އިޔާރ
● ބެސްޓް ފީޗާރ ރިޕޯޓް އޮފް ދަ އިޔާރ
● ބެސްޓް ޓަރާންސް ލޭޓަރ އޮފް ދަ އިޔާރ

އަދި އެންމެ ގިނަ އިވެންޓް ކަވަރ ކުރި ކަމެރާ މެން އެންޑް ޖާރނަލިސްގެ އެވާރޑްސް ހިމެނެއެވެ.

މިއީ ޕީއެސްއެމް ނިއުސްގެ ހަޔާތުގައިވެސް އެންމެ ކުލަގަދަކޮށް އަހަރީ ދުވަސް ފާހަގަކުރި ފުރަތަމަ ފަހަރެވެ.