ޚަބަރު

ދިފާޢީ ވަޒީރު އެމްއެންޑީއެފްގެ ތިލަފުށި ޕޯސްޓަށް ޒިޔާރަތް ކުރައްވައިފި


  • ކޯސްޓްގާޑް ޝިޕް ޣާޒީގެ ރީފިޓްގެ މަސައްކަތްތައް ބައްލަވާލެއްވި

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، އެމްއެންޑީއެފް ތިލަފުށި ޕޯސްޓަށް ޒިޔާރަތް ކުރައްވައިފިއެެވެ.

މި ޒިޔާރަތުގައި، ދިފާޢީ ވަޒީރު ވަނީ އެމްއެންޑީއެފް ތިލަފުށީ ޕޯސްޓަށް ވަޑައިގެން ތިލަފުށި ފަޔަރ ސްޓޭޝަނަށް ވަޑައިގެން އެތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

މީގެ އިތުރުން ތިލަފުށީގައި މިހާރު މަރާމާތުކުރެވެމުންދާ ކޯސްޓްގާޑް ޝިޕް ޣާޒީގެ ރީފިޓްގެ މަސައްކަތްތައް ދިފާޢީ ވަޒީރު ބައްލަވާލައްވާ މަޢުލޫމާތު އޮޅުއްފިލުއްވާލައްވާފައިވެއެވެ.

މި ޒިޔާރަތުގައި، ދިފާޢީ ވަޒީރުގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި،މާލޭ އޭރިއާ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދާއި، ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމުގެ އިތުރުން ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.