ޚަބަރު

ކެންޕެއިން އޮފީހެއްގައި ރޯކޮށްލި މީހާގެ ބަންދަށް 10 ދުވަސް


  • ރޯކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރީ މިމަހުގެ 25ގައި

  • ރޯކޮށްލި މައްސަލާގައި ބަންދުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ދެއްވައިފިއެވެ.

ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހުގައި އަލިފާން ރޯކޮށްލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އަދި ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. ފުލުހުން ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތަށް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ވިދާޅުވެފައިވަނީ ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށާއި މައްސަލަ މިހާރު ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޯކޮށްލި ކެމްޕެއިމް އޮފީހަކީ ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކޮށް، ގޮނޑި ކާމިޔާބުކުރެއްވި ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހެކެވެ.