ޚަބަރު

ހުޅުމާލެ ފޭސް1 ގައި މިރޭ ހަވާ އަރުވަނީ


  • ހަވާ އަރުވާނީ 21:30 ގައި

  • ހަވާ އަރުވާނީ 3 މިނެޓަށް

  • މިއީ އަމިއްލަ ފަރާތެއްގެ ހަރަކާތެއް

ހުޅުމާލޭ ފޭސް އެކެއްގައި މިރޭ ހަވާއަރުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، ހަވާ އަރުވާނީ މިރޭ 21:30 ގައިކަމަށެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިއީ އަމިއްލަ ފަރާތެއްގެ އިވެންޓެއްގައި ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ.

ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓަށްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ހަވާއެރުވުމުގެ ފުރުސަތު އެމްއެންޑީއެފުން ވަނީ ފަހިކޮށްދީފައެވެ.