ޚަބަރު

ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންއެފް ރަޖިސްޓްރީކޮށްފި


  • ޕާޓީގެ ވަގުތީ ރައީސަކަށް ހަމަޖައްސާފައިވާ ޒެއިން އަބްދުﷲ ޔާމީން

ޕީޕަލްސް ނެޝަނަލް ފްރަންޓް، ޕީއެންއެފް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީގެ ދަފްތަރުގައި ޕީއެންއެފް ރަޖިސްޓްރީކުރީ މިއަދުކަމަށެވެ.

ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާ ބާއްވާފައި ވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ޕާޓީގެ ވަގުތީ ރައީސަކަށް ހަމަޖައްސާފައިވާ ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ.

އަލަށް ރަޖިސްޓްރީކުރި ޕީއެންއެފްއާއެކު ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ އަދަދު ވަނީ 11އަށް އަރާފައެވެ.