ޚަބަރު

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި


  • 99 ފުލުހުން ހުވާކުރި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ޢަލްއުސްތާޛް މުޙައްމަދު ފައިޞަލްއެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 99 ފުލުހުން ހުވާކޮށްފައިވެއެވެ. އެއީ އަންހެން 27 ފުލުހުންނާއި ފިރިހެން 51 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 10 ފުލުހުންނާއި ފިރިހެން 11 ފުލުހުންނެވެ.

ހުވާކުރުމަށްފަހު އެ ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.