ޚަބަރު

ހުޅުމާލޭގައި ކާރެއް ފުރޮޅާލާ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


  • އެކްސިޑެންޓް ހިނގީ ފަތިހު 5:35 ހާއިރު

  • ކާރު ދުއްވަން އިން މީހާގެ ލައިސެންސް ވަނީ ހިފަހައްޓާފައި

  • ކާރު ފަހަތުގައި އިން އަންހެން މީހާކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން

ހުޅުމާލޭ އެއްވަނަ ފިޔަވަހީގައި ކާރެއް ފުރޮޅާލާ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ، ކާރު ފުރޮޅާލާ އެކްސިޑެންޓް ހިނގިކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ފަތިހު 5:35 ހާއިރު ކަމުގައެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެެވެ.

ފުލުހުން ވިދާޅުވީ ކާރު ދުއްވަން އިން މީހާގެ ލައިސެންސް މިހާރު ހިފަހައްޓާފައިވާކަމަށެވެ. އަދި ކާރު ޓޯރކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.