ކުޅިވަރު

އެޗްޑީސީގެ އެހީގައި ރޯލަރ ސްކޭޓް ކުރާނެ ތަނެއް ހުޅުމާލޭގައި ތަރައްގީކުރަނީ


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ގުޅިގެން ހުޅުމާލޭގައި ރޯލަރ ސްކޭޓް ކުރާނެ ތަނެއް ތަރައްގީކުރުމުގެ މަޝްވަރާތައް ކުރަމުންދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ރޭސިން އެންޑް ޑްރިފްޓް އެރީނާއެއް އެޅުމަށް ހަމަޖެހިފައިވާ ބިން ކުޅިވަރާ ބެހޭ ވުޒާރާއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަދައްކަވަމުން ރާފިޢު ވިދާޅުވީ ހުޅުމާލޭގައި އެހެން ކުޅިވަރުތަކަށްވެސް ވަސީލަތްތައް ގާއިމުކުރުމާ ގުޅޭގޮތުން އެޗްޑީސީއާއެކު މިހާރު މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.

އެގޮތުން ރޯލާ ސްކޭޓް ކުރާނެ ޓްރެކެއް ނެތްކަން ފާހަގަކުރައްވަމުން ރާފިޢު ވިދާޅުވީ ހުޅުމާލޭގައި ސްކޭޓް ކުރާނެ ތަނެއް ގާއިމުކުރުމަށް މޯލްޑިވްސް ސްކޭޓާއި ކުޅިވަރާ ބެހޭ ވުޒާރާގެ އިތުރުން އެޗްޑީސީ އާއެކުވެސް މަޝްވަރާ ކުރައްވަމުންދާ ކަމަށެވެ.

"
ހަމަ މިގޮތަށް އެހެން ކުޅިވަރުވެސް އެބަހުރި. ދެން އެކަންކަން އަޅުގަނޑުމެން އެޗްޑީސީ އާއެކު ވާހަކަދައްކެވެމުން އެބަދޭ. އޭގެތެރޭގައި ރޯލާ ސްކޭޓް ކުރާނެ ޓްރެކެއް ނެތް. އެކަންވެސް އަޅުގަނޑުމެން މޯލްޑިވްސް ސްކޭޓާއި، އަޅުގަނޑުމެންނާ އަދި އެޗްޑީސީއާއެކު ވާހަކަދެކެވުމުން މި ދަނީ.
ޢަބްދުﷲ ރާފިޢު - ކުޅިވަރާ ބެހޭ ވަޒީރު