ޚަބަރު

ކުނިކަހަން ހުރި މީހެއްގެ ގައިގައި ސައިކަލަކުންޖެހި އެކްސްޑިންޓެއް ހިނގައިފި


  • އެކްސިޑެންޓްވީ 48 އަހަރުގެ އަންހެނެއް

  • އެކްސިޑެންޓްވުމުން ސައިކަލުގައި ތިބި މީހުން މަޑުނުކޮށް ވަނީ ފިލާފައި

  • ސައިކަލުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން

މާލޭގައި މަގުމަތި ކުނިކަހަން ހުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހު އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގީ ރޭގެ 23:17ހާއިރު މާލެ އިއްޒުއްދީން މަގުގައެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި އަނިޔާވި މީހައަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށެވެ. އަނިޔާވެފައިވަނީ 48 އަހަރުގެ ދިވެހި އަންހެނަކަށެވެ.

އެކްސިޑެންޓް ވުމުން، ސައިކަލުގައި ތިބި ދެމީހުން މަޑުނުކޮށް ވަނީ ފިލާފައެވެ. ސައިކަލު ދުއްވި ދެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.