ކުޅިވަރު

16 ޓީމާއެކު އޭދަފުށި ފުޓްސަލް ކަޕް އަންނަ ހޯމަ ދުވަހު ފަށަނީ


ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" އަންނަ ހޯމަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

މި މުބާރާތް ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފަހަރުގެ މުބާރާތުގައި 16 ޓީމެއް ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށްދާނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އާއި ދެވަނަ ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ނަލަ ބްރަދާސް އާއި، ކީވަން އެފްސީ އާއި، ބީކޭ ސްޕޯޓްސް ކުލަބު އަދި ޔުނައިޓެޑް ވީއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އަފްރޯ ސްޕޯޓްސް ކުލަބާއި، އެފްސީ ސަޑަންލީ އާއި، ސީސީ ސްޕޯޓްސް ކުލަބު އަދި އެފްސީ މާލިންސްއެވެ. ގްރޫޕް ސީގައި މުރިނގު އެފްސީ އާއި، ވީ ވެލާ އާއި، އެއިޓީފޯ އެފްސީ އަދި ކޭބަލް ބްރަދާސް ހިމެނޭއިރު، ގްރޫޕް ޑީގައި ހިމެނެނީ އޯލް ވުލްވްސް އާއި، އެފްސީ ދުންތަރި އާއި، ފްރެންޑްސް އަދި ވެލާ ސްޕޯޓްސް ކުލަބެވެ.

މި މުބާރާތް މިދިޔަ އަހަރުވެސް ކުރިއަށްގެންދިޔައިރު، އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ އަފްރޯ ސްޕޯޓްސް ކުލަބެވެ. އެ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލް މެޗުގައި އޯލް ވުލްވްސް ބަލިކޮށްގެންނެވެ.