ޚަބަރު

ފުވައްމުލަކުގައި އަނެއްކާ ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ޒަޚަމްވެއްޖެ


  • އެކްސިޑެންޓު ހިނގީ ސައިކަލެއް ކޮންޓްރޯލް ނުވެގެން

  • އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެނަކަށް

  • މިހާރު އޭނާ އަށް ދަނީ އައި.ޖީ.އެމް.އެޗް ގައި ފަރުވާދެމުން

ފުވައްމުލައް ސިޓީގައި، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 27 ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުންފަރުވާދުނުމަށަ ފަހު، އިތުރު ފަރުވާއަށް މާލެ ގެނެސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް، ދިގުވާޑު، ނައިބުތުއްތު ހިނގުމުގައި އޮތް އެކްސަކަވޭޓަރެއްގައި ޖެހިގެން ކަމަށަށެވެ.

އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ ރޭ 23:45 ހާއިރުކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދިޔަ ހޯމަދުވަހުގެ ރޭވެސް ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ހާލު ސީރިއަސްވެފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދެއްވާފައެވެ.