ޚަބަރު

ސަރުކާރު ބަންދުވިޔަސް އިމަޖެންސީ ހާލަތްތަކުގައި އައިޑީކާޑުގެ ޚިދުމަތް ލިބޭނެ: ޑިއެންއާރު


  • ޚިދުމަތް ހޯދުމަށް 7280368 އަށް ގުޅުއްވާ

  • އީދު ބަންދާއެކު 15 ދުވަސް ސަރުކާރު ބަންދުވާނެ

މި ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރުން ބަންދު ދުވަސްތަކުގައި އިމަޖެންސީ ހާލަތްތަކުގައި އައިޑީކާޑާއި ގުޅުންހުރި ޚިދުމަތްތައް ދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވެއްޖެއެވެ.

އެ ޑިޕާޓްމެންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ޑީއެންއާރުން އިމަޖެންސީ ހާލަތްތަކުގައި އައިޑީކާޑުގެ ޚިދުމަތް ލިބިގެންދާނެކަން ހާމަކޮށްފައެވެ. އަދި ޚިދުމަތް ހޯދުމަށް އެ ޑިޕަރޓްމެންޓުގެ ނަންބަރު 7280368 އަށް ގުޅުއްވުމަށް ވެސް އެ ޑިޕާޓްމެންޓުން ވަނީ އެދިފައެވެ.

ރޯދަ މަހުގެ ފަހު 10 ގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރާނީ 3 ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ކުރިން ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން ރަމަޟާން މަހުގެ ދުވަސްތަކުގައި ކިއުބީން ނަމްބަރު ނަގައިގެން ކާޑު ދޫކުރުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9:15 އިން 11:30 އަށެވެ.