ޚަބަރު

ގެއްލުނު އުމްރާވެރިޔާ ފެނިއްޖެ


  • ގެއްލިގެން ހޯދަމުން ދިޔައީ އައްޑޫ ސިޓީ މީދޫ، ހަވާ، މުޙައްމަދު ތައްޚާން

  • ތައްޚާން ފެނުނުއިރު ހާލު ރަނގަޅު

ނިމްސާ އަލް ޙައްޖު ވަލް ޢުމްރާގެ ޙަވާލުގައި ޢުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު އުމްރާވެރިޔާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ އައްޑޫ ސިޓީ މީދޫ، ހަވާ، މުޙައްމަދު ތައްޚާނެވެ. އޭނާ ގެއްލުނު ކަމަށް ބުނެފައިވަނީ 27 ވަނަ ދުވަހުގެ ފަތިހު 3:00 ގައި ގްރޫޕުގެ ޢުމްރާވެރިންނާއެކު ޢުމްރާގެ އަޅުކަން އަދާކުރަން ޙަރަމްފުޅަށް ދިޔުމަށްފަހުކަމަށް ނިމްސާ އަލް ޙައްޖު ވަލް ޢުމްރާއިން ވަނީ ބުނެފައެވެ.

އެ ގްރޫޕުން ރޭ ދަންވަރު ކުރި ޕޯސްޓެއްގައި ވަނީ ތައްޚާން ފެނިފައިވާކަމަށް ބުނެފައެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް އެ ގްރޫޕުން ވަނީ ބުނެފައެވެ.