ޚަބަރު

ނަރީޝްއަށް ހަމަލާ ދިން މައްސަލަ ފުލުހުން ތަހުޤީޤުކުރަން ފަށައިފި


  • ނަރީޝްއަށް ޙަމަލާދިނީ ގއ. މާމެންދޫގައި

  • މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހަވީރު

  • ޙަމަލާދިން މިހާ މިހާރު ވަނީ ހައްޔަރުކޮށްފައި

މިއަދު ގއ. މާމެންދޫގައި ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން އުޅުއްވަނިކޮށް މާލޭސިޓީ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުން ވިިދާޅުވީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހަވީރު 5:00 ހާއިރު ކަމަށެވެ. އަދި މި މައްސަލާގައި ހަމަލާދިންކަމަށް ތުޙުމަތުކުރެވޭ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެޕިއުޓީ މޭޔަރ ނަރީޝްއަށް ހަމަލާ ދީފައިވަނީ އެރަށުގެ ރައްޔިތުންގެ ދައުވަތަކަށް ރޯދަ ވީއްލުމަކަށް އެރަށަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އަދި ހަމަލާ ދީފައިވަނީ އިންޒާރުވެސް ދިނުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.