ޚަބަރު

ރޯދަމަހު މާލެ ސަރަހައްދުގައި ވެކްސިންދޭ ގަޑިތަކަށް ބަދަލުތަކެއް


  • މާލެ ސަރަހައްދުގައި 7 ތަނަކުން ވެކްސިންގެ ޚިދުމަތް ދޭ

ރޯދަމަހާއި ގުޅިގެން މާލެ ސަރަހައްދުގައި ވެކްސިންދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

މާލެ ސަރަހައްދުގައި 7 ތަނެއްގައި ވެކްސިން ދިނުން ކުރިއަށްދާއިރު މިތަންތަނުގައި ވެކްސިން ދޭ ގަޑިތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭންވަނީ އާންމުކުރައްވާފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ދެނީ ދަމަނަވެށި، މެޑިކާ، އޭޑީކޭ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް، ހުޅުމާލޭ ފޭސް 2ގެ ޖީޕީ ކްލިނިކް ޓްރީޓޮޕްގެ އިތުރުން ވިލިމާލޭ ހޮސްޕިޓަލެވެ.

ރޯދަމަހު މާލެ ސަރަހައްދުގައި ވެކްސިންދޭ މަރުކަޒުތަކާއި ގަޑިތައް

* ދަމަނަވެށި - ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް
* އޭޑީކޭ ހޮސްޕިޓަލް - ހުކުރު ފިޔަވައި ކޮންމެ ދުވަހެއްގެ 10:30 އިން 13:30 އަށް
* ހުޅުމާލެ ހޮސްޕިޓަލް - އާދީތަ ހޯމަ، އަންގާރަ ދުވަހު 9:30 އިން 12:00 އަށް
* ޖީޕީ ކްލިނިކް/ހުޅުމާލެ ފޭސް 2 - އާދީއްތަ ބުދަ، ހޮނިހިރު ދުވަހު 09:30 އިން 12:00 އަށް
* މެޑިކާ - ހޮނިހިރު، ބުދަ ދުވަހު 08:00 އިން 12:00 އަށް
* ޓްރީޓޮޕް ހޮސްޕިޓަލް - ހުކުރު ނޫން ކޮންމެ ދުވަހަކު 10:00 އިން 15:00 އަށް
* ވިލިމާލެ ހޮސްޕިޓަލް - އާދިއްތަ، ބުދަ ދުވަހު 9:00 އިން 15:00 އަށް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭން އަންނަނީ ބަލިތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ރަނގަޅު ކާނާ ބޭނުން ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމުންނެވެ.