ޚަބަރު

ނަޝީދު ނިޔާވުމާ ގުޅިގެން ނައިބު ރައީސް ތަޢުޒިޔާ ފޮނުއްވައިފި


  • ނަޝީދަކީ ޑިމޮކްރަސީ ތައާރަފްވި ދުވަސްވަރު ސިޔާސީގޮތުން ޙަރަކާތްތެރި މީހެއް

  • އޭނާ ނިޔާވުމާއި ގުޅިގެން ސިޔާސީ ދާއިރާގެ ގިނަ ބަޔަކު ދަނީ ތަޢުޒިޔާ ފޮނުވަމުން

ރާއްޖޭގައި ޑިމޮކްރަސީ ފެށިގެން އައި ދުވަސްވަރުން ފެށިގެން މިހާތަނަށް ސިޔާސީކަންކަމުގައި އިސްކޮށް މަސައްކަތްކޮށްފައިވާ ސިޔާސީ ހަރަކާތްތެރިއެއްކަމަށްވާ މުޙައްމަދު ނަޝީދު ނިޔާވެއްޖެއެވެ.

ނަޝީދު ނިޔާވުމާއި ގުޅިގެން ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ގެންދަވަނީ ތަޢުޒިޔާ ދަންނަވަމުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަތީފްވެސް ތަޢުޒިޔާ ވިދާޅުވެފައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ނަޝީދު ނިޔާވީ ޚަބަރު އެއްސެވީ ކުއްލި ޙައިރާންކަމާއި ފުންހިތާމާއެކުގައިކަމަށެވެ.

ނަޝީދު ނިޔާވުމާއި ގުޅިގެން ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކަކުން ގެންދަނީ ތަޢުޒިޔާ ފޮނުވަމުންނެވެ. މުޙައްމަދު ނަޝީދަކީ މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމް ރާއްޖެއަށް ތަޢާރަފްވެގެން އައި ދުވަސްވަރު މީޑިއާގެ ދާއިރާއިން ވަރަށް ޙަރަކާތްތެރި މީހެކެވެ.