މިހާރު ކުރިއަށްދާ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި މުޙައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ. 
ރައީސް ނަޝީދު ވޯޓު ލެއްވީ އަމީނިއްޔާ ސްކޫލަށެވެ. އަދި ރައީސް ޔާމީން ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލަށެވެ. 
މިއަދު ކުރިއަށްދާ ބައި އިލެކްޝަން ގައި މާލެ ސިޓީގެ މޭޔަރު ހޮވާނެއެވެ. އަދި މިވަގުތު ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ ތިން ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. 
މިއަދުގެ އިންތިޚާބުގެ ވޯޓުލުން ހަވީރު 17:00 އާ ހަމައަށް ކުރިއަށްދާއިރު މި އިންތިޚާބުގައި ޖުމްލަ 54،680 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.