ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް މަޤާމުތަކަށް ބޭފުޅުން ޢައްޔަނުކުރައްވައިފި


  • ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓަކަށް ޢައްޔަނުކުރެއްވީ ޢަބްދުއްރަޙީމް ޢަބްދުﷲ

  • ޗީފް އޮފް ސްޓާފަކަށް ޢައްޔަނުކުރެއްވީ ޢަބްދުالله ފަޔާޟް

  • ރައީސް އޮފީހުގެ މިނިސްޓަރުކަމަށް 5 ބޭފުޅަކު ޢައްޔަނުކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް މަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިރޭ 8:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޢައްޔަނު ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ޢައްޔަނު ކުރެއްވި މަޤާމުތަކަކީ:

• ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް - ޢަބްދުއްރަޙީމް ޢަބްދުﷲ
• ޗީފް އޮފް ސްޓާފް - ޢަބްދުالله ފަޔާޟް
• މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް - ޢަލީ ޢާރިފް
• މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް - ޢަބްދުﷲ ނާޞިރު
• މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް - އާދަމް ރަމީޒް
• މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން - އިބްރާހީމް ޚަލީލް
• މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ލީގަލް އެފެއާޒް - އަލްއުސްތާޛު އަޙްމަދު ޙިޝާމް ވަޖީހު
• ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ - ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އިބްރާހީމް ލަޠީފް
• ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް - މުޙައްމަދު ނަޞީރު
• ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކެބިނެޓް އެފެއާޒް - އަޙްމަދު ޢަލީ ޙަބީބް
• ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ޑިވެލޮޕްމަންޓް - މުޙައްމަދު ޝާހިދު
• ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ކޯޕަރޭޓް ސަރވިސަސް - ޙުސައިން ޢާމިރު
• ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެފެއާޒް - އަލްއުސްތާޛު ޢައްބާސް ޝަރީފް
• ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ - ޑޮކްޓަރ ޢާއިޝަތު އިކްރާމް
• ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް - މުޙައްމަދު ޢަލީ ޖަނާޙް
• އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް - މުޙައްމަދު ޚަލީލް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަޤާމާއި، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓްގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުންނަކީ އެއްވެސް މުސާރައެއް އިނާޔަތެއް ނުނަންގަވާގޮތައް ހަމަޖައްސަވާފައިވާ ދެ ބޭފުޅުންނެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖް އޮފް ދަ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަގާމަށް ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމަށް މުޙައްމަދު ޝަހުދީ ހަމަޖައްސަވާފައެވެ.