ޚަބަރު

ބަންގްލަދޭޝްގެ ސަފީރަކަށް ޝިއުނީން، ޔޫއޭއީއަށް މިދުފާ


  • ޔޫއޭއީގެ ސަފީރަކަށް މއ. ރުއްކުރި، މަރްޔަމް މިދްފާ ނައީމް

  • ބަންގްލަދޭޝްގެ ސަފީރު ކަމަށް ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދު

  • ޔޫއޭއީގެ ސަފީރުކަމުގެ މަޤާމުގައި މިހާރު ހުންނެވީ އާމިނަތު ޝަބީނާ

  • ބަންގްލަދޭޝްގެ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ ޝިރުޒިމަތު ސަމީރު

ދިވެހިރާއްޖެ އިން އެކުވެރި އަރަބި އިމާރާތާއި ބަންގްލަދޭޝަށް ކަނޑައަޅުއްވާ ސަފީރުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފިއެވެ.

އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް މއ. ރުއްކުރި، މަރްޔަމް މިދްފާ ނައީމް އަދި ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް ސ. ހުޅުދޫ، އަސަރީގެ، ޝިއުނީން ރަޝީދު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

އެކުވެރި އަރަބި އިމާރާތަށް ރާއްޖެއިން ކަނޑައަޅުއްވާފަ ހުންނަވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ ހ. މިސްޓްރީލޮޖް، އާމިނަތު ޝަބީނާއެވެ. ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަގާމުގައި މިހާރު ހުންނެވީ ޝިރުޒިމަތު ސަމީރުއެވެ.

މިދެބޭފުޅުން ސަފީރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ހުށަހަޅަފައިވައިރު އިއްޔެވެސް ވަނީ ދެ ސަފީރަކަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވާފައެވެ.