މެދުކެނޑުމަކަށްފަހު ބާއްވާ އެފްއޭއެމް އެވޯޑްސް 2026ގެ "ފޭން ފޭވަރިޓް ޕްލެޔަރ އޮފް ދަ ޔަރ" ނުވަތަ ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާ ހޮވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމް އިން އިއުލާނުކޮށްފައިވާ ގޮތުގައި މި އެވޯޑަށް ނުވަ ކުޅުންތެރިޔަކު ވަނީ ނޮމިނޭޓުވެފައެވެ.
މި ނުވަ ކުޅުންތެރިންނަށް ވޯޓު ލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ވޯޓު ދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ "ޕީއެސްއެމް އައާ" އެޕްލިކޭޝަނެވެ.
ވޯޓުލުމުގެ ސުންގަޑިއަކީ ބުރާސްފަތި ދުވަހުގެ 18:00 އެވެ.
އެފްއޭއެމް އެވޯޑްސް ހަފްލާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރެއެވެ.
މި ހަފްލާގައި "ފޭން ފޭވަރިޓް ޕްލެޔަރ އޮފް ދަ ޔަރ"ގެ އެވޯޑުގެ އިތުރުން، އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ އުއްމީދީ ކުޅުންތެރިޔާ ހިމެނޭހެން ޖުމްލަ 12 އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.