ޚަބަރު

150000 ރުފިޔާގެ މުދަލާއެކު ފިލި ޓެކްސީއެއް ހޯދައިފި


ތަނަކަށް ގެންދަން ހަވާލުކުރި ދޮޅު ލައްކަ ރުފިޔާގެ މުދަލާއެކު ފިލި ޓެކްސީއެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިލެކްޓްރޯނިކް ސާމާނުތަކެއް ހަވާލުކޮށް ތަނަކަށް ގެންދަން ހަވާލުކުރުމުން ފިލި ޓެކްސީއަކީ އިއްޔެ ހަވީރު ވީއައިއޭގެ ޓެކްސީ ކިއުއިން މުދާ ނެގި ކާރެކެވެ. މުދަލުގެ ވެރި ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅީ، އެ ކާރަށް މުދާ އެރުވުމަށްފަހު، ގެންދަންޖެހޭ ހިސާބަށް މުދާ ނުގެންދިއުމުންނެވެ.

ފުލުހުން ވިދާޅުވީ މުދަލާއެކު ފިލި ޓެކްސީ ހޯދީ ސީސީޓީވީ ކެމެރާ ބަަލައިގެން ކަމަށެވެ. އަދި ވަގަށް ނަގަން އުޅުނު މުދާ ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގައި ހިމެނޭ ޓެކްސީ ޑްރައިވަރާއި މެދު އެޅި ފިޔަވަޅެއް ފުލުހުން ހާމައެއް ނުކުރެއެވެ.