ދުނިޔޭގެ ވިޔަފާރި

ބީއެމްޑަބްލިޔުއިން މެކްސިކޯއަށް 866 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް!


ބީއެމްޑަބްލިޔުގެ އުފެއްދުންތައް މެކްސިކޯގައި އުފެއްދުމަށް 800 މިލިއަން ޔޫރޯ އިންވެސްޓްކުރަން އެ ކުންފުނިން ނިންމައިފިއެވެ.


ބީއެމްޑަބްލިޔުގެ މި އިންވެސްޓްމަންޓް ޤާއިމްކުރުމަށް ނިންމާފައިވަނީ މެކްސިކޯގެ މެދުތެރޭގެ ސްޓޭޓެއްކަމަށްވާ ސެން ލޫއިސް ޕޮޓޯސީގައެވެ. އަދި މި އިންވެސްޓްމަންޓްގެ ސަބަބުން ހާހެއްހާ ވަޒީފާ އިތުރުވާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.


2030 ވަނަ އަހަރާއި ހަމައަށްދާއިރު ބީއެމްޑަބްލިޔުއިން ވިއްކާ ކާރުތަކުގެ ދެބައިކުޅަ އެއްބަޔަކީ އިލެކްޓްރިކް ވެހިކަލްތަކަށް ހެދުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ.


މެކްސިކޯއަށް އިންވެސްޓްކުރަން ނިންމާފައިވާ 800 މިލިއަން ޔޫރޯގެ ތެރެއިން 500 މިލިއަން ޔޫރޯ އިންވެސްޓްކުރާނީ އެ ޤައުމުގައި މިހާރުވެސް ހުރި އެކުންފުނީގެ ބެޓަރީ އެސެމްބީ ސެންޓަރަށެވެ. ބާކީ 300 މިލިއަން ޔޫރޯ ހަރަދު ކުރާނީ ކާރުތަކުގެ އެކި މަސައްކަތްކުރާ ބޮޑީ ޝޮޕްތައް ބޮޑުކުރުމަށާއި ބެޓެރީ ޕެކްތައް ހަރުކުރުމަށް އާ އެސެމްބްލީ ލައިނެއް ހެދުމަށްކަމަށް ބީއެމްޑަބްލިޔުއިން ބުނެއެވެ،


"އަޅުގަނޑުމެން 2024 ވަނަ އަހަރުގެ ކުރީކޮޅު އިމާރާތްކޮށް، އެކްސްޓެންޝަންތައް ބިނާކޮށް، އާ ބެޓެރީ އެސެމްބްލީ ފަށާނަން، އަދި 2027 ވަނަ އަހަރުގެ ކުރީކޮޅު ޕްރޮޑަކްޝަން ފަށާނަން،" އޭނާ ވިދާޅުވިއެވެ.


މެކްސިކޯގައި 800 މިލިއަން ޔޫރޯ އިންވެސްޓްކުރަން ބީއެމްޑަބްލިޔުއިން ނިންމާފައިވާއިރު އެކުންފުނިން ވަނީ އެމެރިކާގައި ވިޔަފާރި ފުޅާކުރުމަށް 1.7 ބިލިއަން ޑޮލަރު އަދި ހަންގޭރީގައި 2 ބިލިއަން ޔޫރޯ އިންވެސްޓްކުރުމަށް ނިންމާފައެވެ.