ވިޔަފާރި

ޔޫއެފާ ވިމެންސް ޔޫރޯ 2022 - މިހާރު ދިރާގު ޓީވީން ބެލޭނެ


"ޔޫއެފާ ވިމެންސް ޔޫރޯ" 2022 ދިރާގު އެޕް އަދި ދިރާގު ޓީވީ މެދުވެރިކޮށް މިހާރު ބޭލޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ދިރާގުން މިކަމާއި ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ މިމުބާރާތް އޮންނާނީ 7 ޖުލައިން 31 ޖުލައިއަށް ކަމަށާއި، މުބާރާތުގެ ކުޅުން އެޕް އަދި ދިރާގު ޓީވީގެ 104 ވަނަ ނަންބަރު ޗެނަލް "ސޮނީ ޓެން 2 އެޗްޑީ" މެދުވެރިކޮށް ވަގުތުން ބެލޭނެ ކަމަށެވެ. މެޗް ޝެޑިއުލް ދިރާގުގެ ޓްވިޓަރ އަދި ފޭސްބުކް އެކައުންޓުގައި ޕޯސްޓްކުރެވިފައިވާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މީގެ އިތުރުން ސެޕްޓެމްބަރުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން 350 ރުފިޔާގެ ޕެކޭޖަށް ސަބްސްކްރައިބް ކޮށްލައިގެން ސެޕްޓެމްބަރުގެ ނިޔަލަށް ތަފާތު އެހެން ޗެނެލްތަކާއެކު ވީޑިއޯ އޮން ޑިމާންޑަށް ބަލާލެވޭނެކަމަށް ދިރާގުން ފާހަގަ ކުރެއެވެ. އަދި 65 ރުފިޔާއަށް ދިރާގު ޕްލޭއަށް ސަބްސްކްރައިބް ކުރައްވައިގެން ކޮންމެ ތަނެއްގައިވެސް ހުރެގެން ހުރިހާ މެޗެއް ބަލައި މީގެ އިތުރުން ފައިބަރ ދިރާގު ފައިބަރ މެދުވެރިކޮށް ސްޓްރީމް ކުރާއިރު އިތުރު ޚަރަދަކާ ނުލައި ބަލާލެވޭނެ ކަމަށް ދިރާގުން ހާމަކުރެއެވެ.

ދިރާގު ޓިވީން މިފަހަރު ޔޫއެފާ ވިމެންސް ޔޫރޯ މުބާރާތް ގެނެސްދޭއިރު، މިމުބާރާތް ކޯވިޑާގުޅިގެން އެއް އަހަރު ދުވަހަށް މިިދިޔަ އަހަރު މަޑު ޖައްސާލިއެވެ.

ދިރާގުން މީގެ އިތުރުން ވެސް އަލަށް ދިރާގު ޓީވީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ޚާއްސަކޮށްގެން ހިލޭ ކަނެކްޝަން، ޖޯއި ބޮކްސް ލިބޭ ގޮތަށް ޕްރޮމޯޝަނެއް ކުރިއަށް ގެންދާކަން ވަނީ ހާމަކޮށްފައެވެ. މި ޕްރޮމޯޝަންގައި ފުރަތަމަ 300 ފަރާތަށް ކީބޯޑު ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. މި ޕްރޮމޯޝަންް ކުރިއަށްދާނީ 31 ޖުލައިގެ ނިޔަލަށެވެ.

ދިރާގު ޓީވީން ދިވެހިންގެ މެދުގައި މަޤްބޫލު އެތަށް ޗެނަލެއް ގެނެސްދެއެވެ. އެގޮތުން ސޮނީގެ ޗެނަލްތަކާއި ޑިސްކަވަރީ ޗެނަލްތަކާއި ޑިޒްނީ ޗެނަލްތަކުގެ އިތުރުން ސްޓާރގެ ޗެނަލްތަށްވެސް ދިވެހިންގެ ގޭގެއާއި ހަމައަށް ފޯރުކޮށްދެއެވެ. ދިރާގުން ވަނީ 84 ގޭބީސީއަށް އެކުންފުނީގެ ޚިދުމަތް މިހާރު ފޯރުކޮށްދެވޭކަން ފާހަގަކޮށްފައެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ޑިޖިޓަލް މުނިފޫހިފިލުވުމުގެ އިތުރަށް ފުޅާކޮށްދީ އިތުރު ކޮލިޓީ ކޮންޓެންޓާއި އައު އޮފާތަށް ގެނެސްދިނުމަށެވެ.