ކުޅިވަރު

ހިލޭ ޓްރާންސްފާއެއްގައި ރުޑިގާ ޗެލްސީ ދޫކޮށްލަނީ


ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ހިލޭ ޓްރާންސްފާއެއްގައި އިނގިރޭސި ކުލަބު ޗެލްސީ ދޫކޮއްލަން ނިންމާފަވާކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެފިއެވެ. ކުޅުންތެރިޔާ ގެންދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީ ސްޕެއިންގެ ރެއާލު މެޑްރިޑުންނެވެ. އޭއެސް ރޯމާ ދޫކޮށް 2017 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވި ރުޑިގާ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ބަޔާން މިއުނިކް އަދި ޕީއެސްޖީން ވެސް މަސައްކަތްކުރި އެވެ.

ރުޑިގާ ޗެލްސީ ދޫކޮއްލަން ނިންމީ ރަޝިއާ އާއި ޔޫކްރެއިންގެ މައްސަލައިގައި ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ޗެލްސީ ހިންގުމަށް ވެސް ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އުސޫލުތަކުގެ ތެރެއިން ރުޑިގާ ބޭނުންވާ ކޮންޓްރެކްްޓް ދީގެން އެއްބަސްވުން އާ ކުރެވެން ނެތުމުންނެވެ. މިކަމުގައި ކުޅުންތެރިޔާއި ކުލަބާ ދެމެދު ވަނީ ގިނަ މަޝްވަރާ ތަކެއް ކޮއްފައެވެ.

ރުޑިގާ ވަނީ ޗެލްސީ އެކު ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު، އެފްއޭ ކަޕް، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.