މުނިފޫހިފިލުވުން

"ސްކްއިޑް ގޭމް" އުފެއްދި ވަންގް މިފަހަރު މާ ވަރުގަދަ ފިލްމަކާއިއެކު


ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކާމިޔާބު ކޮރެއާ ސީރީޒް "ސްކްއިޑް ގޭމް" އަށްވުރެ މާ ވަރުގަދަ ފިލްމެއް އުފައްދަން ތައްޔާރުވެއްޖެކަމަށް "ސްކްއިޑް ގޭމް" ގެ ޑައިރެކްޓަރު ވަންގް ޑޮންގް-ހީކް ބުނެފިއެވެ.

އިޓަލީއަށް ނިސްބަތްވާ ލިޔުންތެރިޔާ އަމްބާޓޯ އެކޯ ލިޔެފައިވާ ނޮވެލެއް އަސްލަކަށް ބަލައިގެން އުފައްދަން ނިންމާފައިވާ މި ފިލްމުގެ ނަމަކީ "ކިލިންގް އޯލްޑް ޕީޕަލް ކްލަބް" އެވެ.

"ސްކްއިޑް ގޭމް" ވެސް ދައްކާފައިވާ ދުނިޔޭގެ އެންމެ ބޮޑު ސްޓްރީމިން ޕްލެޓް ފޯމް، ނެޓްފްލިކްސް އިން ދައްކަން ހަމަޖެހިފައިވާ މި ފިލްމަކީ "ސްކްއިޑް" ގޭމަށްވުރެ ވަރުގަދަ މާ ވަޔޮލެންޓް ފިލްމެއް ކަމަށް ޑައިރެކްޓަރު ވަންގް ވަނީ ބުނެފައެވެ. އަދި ފިލްމު ދައްކަން ފެށުމާއިއެކު އޭނާ އުޅެން ޖެހޭނީ މަތީ އުމުރުގެ މީހުންނަށް ފިލައިގެން ކަމަށްވެސް ވަންގް ބުނެއެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ނެޓްފްލިކްސް އިން ދެއްކި "ސްކްއިޑް ގޭމް" ވަނީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބެލި ސީރީޒަށް ވެފައެވެ. 9 އެޕިސޯޑްގެ މައްޗަށް އުފައްދާފައިވާ މި ސީރީޒްގައި ކިޔައިދެނީ ދަރަނިވެފައިވާ އާއިލާތަކެއްގެ ފައިސާ ހޯދަން ކުޑަކުދިންގެ ގޭމެއް ކުޅެން ނުކުތުމުން އެމީހުންގެ ދިރިއުޅުން ބަދަލުކޮށްލާ ގޮތެވެ.

ސަވައިވަލް ޑްރާމާއެއްގެ ގޮތުގައި ގެނެސްދިން މި ސީރީޒް ޑައިރެކްޓުކޮށް ޕްރޮޑިއުސްވެސް ކޮށްފައިވަނީ ވަންގްއެވެ.