މުނިފޫހިފިލުވުން

"ހައުސް އޮފް ޑްރެގަން" ދައްކާނީ އޯގަސްޓުގައި


ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި އަދި ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ވަރުގަދަ ސިލްސިލާގެ މަގާމުގައި އޮތް އެޗްބީއޯގެ ގޭމް އޮފް ތުރޯންސް (ޖީއޯޓީ) ގެ ޕްރީކްއެލް "ހައުސް އޮފް ދަ ޑްރެގަން" އަންނަ އޯގަސްޓު މަހު ޕްރިމިއާ ކުރަން ނިންމައިފިއެވެ.

މި ސީރީޒްގެ އެންމެ ފަހުގެ ޓްރެއިލާ ދައްކާލާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުއެވެ.

އާ ސީރީޒްގައި ކިޔައިދޭނީ ޓަގޭރިއަން ދަރިކޮޅުގެ ދިރިއުޅުން ކުރިން އޮތް ގޮތުގެ ވާހަކަ އެވެ. މި ޕްރީކުއަލް ބިނާކޮށްފައިވަނީ ލިޔުންތެރިޔާ އާރްއާރް މާޓިންގެ 2018 ގެ ވާހަކަ "ފަޔާ އެންޑް ބްލަޑް" ގެ މައްޗަށެވެ. މިއީ ކުރިން ގެނެސްދިން ސިލްސިލާގެ 300 އަހަރު ކުރީގެ ހާދިސާތައް ކިޔައިދޭ އެއްޗެކެވެ.

ތުރޯންސް ގެ ޕްރީކްއެލެއް ގޮތުގައި "ހައުސް އޮފް ދަ ޑްރެގަން" ރަސްމީކޮށް އިއުލާންކޮށް އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކައިލީ 2019 ގެ އޮކްޓޫބަރު މަހުއެވެ. މީގެ ކާސްޓުންގެ ގޮތުގައި ފެންނާނީ ޕެޑީ ކޮންޒިޑީން، އެމާ ޑާސީ، އޮލިވިއާ ކުކް، މެޓް ސުމިތު، ރީސް އިފަންސް، ސްޓީވް ޓުޒައިންޓް، އީވް ބެސްޓް، ޖެފާސަން ހޯލް އަދި ބިލް ޕެޓާސަން ފަދަ ފަންނާނުން ހިމެނެ އެވެ.

2011 ވަނަ އަހަރު ފެށި "ގޭމް އޮފް ތުރޯންސް" 8 ވަނަ ސީޒަނާ އެކު ނިންމައިލީ 2018 ވަނަ އަހަރު އެވެ. ސިލްސިލާ ނިންމައިލީ 73 އެޕިސޯޑު ދެއްކުމަށްފަހުއެވެ.