ވިޔަފާރި

ބީއެމްއެލް އެމެކްސް ޕްރޮމޯޝަން: ދެ ފަރާތަކަށް ތުރުކީ ދެކޮޅު ޓިކެޓް


ބޭންކް އޮފް މޯލްޑިވްސްއިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުން ކުރާ ފަރާތްތަކަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ރޯދަ މަހާއި ދިމާކޮށް ފެށި މި ޕްރޮމޯޝަން އެޕްރީލް 1 އިން މޭއި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ. ބީއެމްއެލްގެ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ހަމައެކަނި ކުރަން ޖެހެނީ އެމެރިކަން އެކްސްޕްރެސް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ވިޔަފާރި ކުރުމެވެ.

މި ޕްރޮމޯޝަންގެ ދަށުން ޚާއްސަ އިނާމްތަކުގެ ގޮތުގައި، ކޮންމެ ހަފްތާއަކު އައިފޯން 13 ޕްރޯއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޮޑު އިނާމުގެ ގޮތުގައި، ދެ ފަރާތަކަށް ތުރުކީ ދެކޮޅު ޓިކެޓާއި 1000 ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ 7 ރެސްޓޯރެންޓެއްގެ ތެރެއިން ކޮންމެވެސް ރެސްޓޯރެންޓަކުން ކޮންމެ ހަފްތާއަކު 1000ރ. ގެ އިނާމެއް ވަނީ ހުށަހެޅިފައެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ދިވެހި ރާޢްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިންގް ޚިދުމަތްދޭ ކުންފުނިއެވެ. މީގެ އިތުރުން ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ ޚިދުމަތް އެކްސްލޫސިވްކޮށް ދެނީވެސް ބީއެމްއެލްއިންނެވެ. ރާއްޖޭގައި 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7000 އަށް ވުރެ ގިނަ މާޗެންޓުން ތިބިއިރު، ބީއެމްއެލްއަކީ ޒަމާނީ ފެންވަރުގައި ބޭންކިން ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.