ކުޅިވަރު

މައްސަލަ ފިނި ނުވަނީސް ރަޝިޔާއިން ޔޫރޯއަށް ބިޑްކޮއްފި


ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ރަޝިޔާއިން ބިޑް ހުށަހަޅައިފިއެވެ.

ރަޝިޔާގެ ބިޑްގެ ސަބަބުން މުބާރާތް ބޭއްވުމަށް ބިޑްކޮއްފަވާ ވާދަވެރި ގައުމުތުކަށް ވަނީ ސިހުން ލިބިފައެވެ. ރަޝިޔާއިން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ބިޑްކޮށްފައި މިވަނީ އެގައުމުން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެގައުމާއި މެދު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނިކޮށެވެ.

ހަނގުރާމަ އާއި ގުޅިގެން ފީފާއިން ވަނީ އިންޓަރނޭޝަނަލް މެޗުތަކުގައި ރަޝިޔާއަށް ނުކުޅެވޭގޮތަށް ނިންމާފައެވެ. ރަޝިޔާއިން ބިޑް ހުށަހަޅާފައިވަނީ 2028 އަދި 2032 ވަނަ އަހަރުގެ ޔޫރޯ ހޯސްޓު ކުރުމަށެވެ. 2032 ވަނަ އަހަރު ޔޫރޯ ބޭއްވުމަށް މިވަގުތު ބިޑްކުރަން ޝައުގުވެރިކަން ފާޅުކޮއްފަވާ ގައުމަކީ ތުރުކީ އާއި އިނގިރޭސިވިލާތެވެ.

ޔޫރޯ 2028 އަދި 2032 މުބާރާތް ބާއްވާ ގައުމުތައް ޔަގީންވާނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. ޔޫރޯ 2024 ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގައެވެ.