ވިޔަފާރި

މަތިގަނޑު ދިމާކޮށްގެން ސެންޓު ފުޅިއެއް ލިބޭ ޕްރޮމޯޝަނެއް ލެކިއުޓުން


ބައިނަލްއަޤްވާމީ ސެންޓުގެ ދުވަހާއި ގުޅިގެން ލެކިއުޓުން ޙާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބައިނަލްއަޤްވާމީ ސެންޓުގެ ދުވަސް ގޮތުގައި ފާހަގަކުރަނީ 21 މާރިޗުއެވެ. މިއީ އިންޓަނޭޝަނަލް ފްރެގްރެންސް ފައުޑޭޝަނުން ފާހަގަކުރާ ދުވަހެކެވެ. މި ދުވަހާއި ގުޅިގެން ލެކިއުޓުން ފެށި ޕްރޮމޯޝަނަކީ 21 މާޗުން 25 މާޗަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މިފަހަރު ލެކިއުޓުން ކުރިއަށްގެންދާ ޕޮރޮމޯޝަންގައި ސެންޓު ފުޅި ހޯދުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އެގޮތުން 30 ސިކުންތުގެ ތެރޭގައި ސެންޓު ފުޅީގެ މަތިގަނޑު ރަނގަޅު ފުޅީގައި ޖަހައިގެން ސެންޓު ފުޅިއެއް ހިލޭ ލިބޭނެއެވެ. ލެކިއުޓުގެ ފިހާރަތަކުގައި ކުރިއަށްދާ މި ހަރަކާތުގައި ބައިވެރިވެވޭނީ 1200 ރުފިޔާގެ ވިޔަފާރިއެއްކޮށްގެންކަމަށް ލެކިއުޓުން ބުނެއެވެ. މީގެއިތުރުން 5000 ރުފިޔާއިން މަތީގެ ވިޔަފާރިއެއް ކުރައްވާ ކޮންމެ ފަރާތަކަށް ހިލޭ ސެންޓު ފުޅިއެއް ލިބޭނެކަމަށް ލެކިއުޓުން ބުނެއެވެ.

ބައިނަލްއަޤްވާމީ ސެންޓުގެ ދުވަހާއި ގުޅިގެން ލެކިއުޓުގެ މި ޕްރޮމޯޝަންގެ ތެރެއިން މަޤްބޫލް ބްރޭންޑުގެ ވަރަށް ގިނަ ސެންޓުތައް އެ ފިހާރައިން ވަނީ އަގު ހެޔޮކޮށްފައެވެ.

ދުނިޔޭގެ މަޤްބޫލް އެތައް ބްރޭންޑެއްގެ ސެންޓު ލިބެން ހުންނަ ލެކިއުޓް ފިހާރައިން ސެންޓު ބައްލަވައިގަންނަވަން ބޭނުން ފަރާތްތަކަށް އޮންލައިންކޮށްވެސް ވިޔަފާރި ކުރެވޭނެއެވެ. މިވަގުތު މާލޭ ސަރަހައްދުގައި ހިލޭ ޑެލިވަރީ ކޮށްދޭއިރު، ރާއްޖޭގެ ކޮންމެ ދިމާލަކަށްވެސް ޑެލިވަރ ކޮށްދެވޭނެ ލެކިއުޓުން ބުނެއެވެ.