ކުޅިވަރު

ޑެހާއަކަށް މިފަހަރު ސްޕެއިންގެ ގައުމީ ޓީމުން ފުރުސަތެއް ނުލިބުނު


ސްޕެއިންގެ ގައުމީޓީމުން ކުރިޔަށް ހުރި އެކުވެރިކަމުގެ މެޗުތަކަށް އެކުލަވާލި ގައުމީ ޓީމުން އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑުގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއަށް ފުރުސަތު ގެއްލިއްޖެއެވެ.

އޭނާގެ ބަދަލުގައި ސްޕެއިން ސްކޮޑުން ވަނީ ބެރެންފޯޑްގެ ގޯލްކީޕަރު ޑޭވިޑް ރާޔާ ހިމަނައިފައެވެ. ސްޕެއިން ޓީމަށް ޑެހެއާ އެންމެ ފަހުން ކުޅުނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ. ސްޕެއިނުން މިދިޔަ ނޮވެމްބަރު މަހު ނެގި ސްކޮޑުގައި ޑެހެއާ ހިމެނުނު ނަމަވެސް ކުޅުމުގެ ފުރުސަތު ނުދެ އެވެ. ޑެހެއާގެ އިތުރުން ޗެލްސީގެ ސްކޮޑުގައި ހިމެނޭ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ކެޕާ އަރިއްޒަބަލާގާ އަށް މި ފަހަރުގެ ސްކޮޑުން ވެސް ފުރުސަތު ނެތެވެ.

ސްޕެއިން ޓީމުގައި މި ފަހަރު ހިމަނާފައިވާ ތިން ކީޕަރުންނަކީ ރާޔާގެ އިތުރުން ބްރައިޓަން ހޯލްވް އެންޑް އަލްބިއަންގެ ރޮބާޓް ސަންޗޭޒް އަދި އެތުލެޓިކް ބިލްބާއޯގެ އުނާއި ސިމޯން އެވެ.

ކުރިޔަށް އޮތް އެކުވެރި ކަމުގެ މެޗުތަކަށް ސްޕެއިން ނުކުންނާނީ އަލްބޭނީއާ އާއި އައިސްލޭންޑާ ދެކޮޅަށެވެ. ސްޕެއިނުން ވަނީ މި ދެމެޗަށް ވަރުގަދަ ސްކޮޑެއް އެކުލަވާލާފައެވެ.