ކުޅިވަރު

އެއްބަސްވުމަކަށް ނާދެވި ޑިބާލާ ޔުވެންޓަސް ދޫކޮއްލަނީ


އާޖެންޓީނާގެ ފޯވާޑް ޕައުލޯ ޑިބާލާ ޔުވެންޓަސްއާއެކު އެއްބަސްވުމަކަށް ނާދެވިގެން މި ސީޒަނަށް ފަހު އޭނާ އެ ޓީމު ދޫކޮށްލާނެ ކަމަށް ރިޕޯޓްތަށް ބުނަން ފަށައިފިއެވެ.

އެއްބަސްވުމަކަށް ނާދެވި، މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގައި ޑިބާލާ އަށް ކުލަބް ބަދަލު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ސީޒަނުގެ ނިޔަލަށް ޔުވެންޓަސްއާއެކު ޑިބާލާ ހަދާފައިވާ އެއްބަސްވުން ހަމަވާ އިރު، އެއްބަސްވުން އާކުރަން ޔުވެންޓަސް އިން ދިން ހުށަހެޅުމަށް އަދިވެސް އެއްބަހެއް ނުވެ އެވެ. ޔުވެންޓަސްގެ ކޯޗު ކޯޗު މަސިމޯ އަލެގްރީއާ، ޑިބާލާގެ ކުރިމަގާ ގުޅޭގޮތުން ސުވާލު ކުރުމުން މާ އެދެވޭ ޖަވާބެއް ވަނީ ނުދެވިފައެވެ.

އިޓަލީގެ ޕެލާމޯ އަށް ކުޅުމަށް ފަހު 2015 ވަނަ އަހަރު ޔުވެންޓަސް އަށް ޑިބާލާ ވަނީ ބަދަލުވެފައެވެ. ޔުވެންޓަސްގައި އޭނާ ވަނީ 283 މެޗު ކުޅެ 113 ލަނު ޖަހައިދީފަ އެވެ.