ޚަބަރު

ހަފުތާއެއްގެ ތެރޭގައި އިނގިރޭސިވިލާތުގައި ބަލިޖެހުނު މީހުންގެ ޢަދަދު %33 ދަށަށް


ހަފުތާއެއްގެ ތެރޭގައި އިނގިރޭސިވިލާތުގައި ބަލިޖެހުނު މީހުންގެ ޢަދަދު 33 އިންސައްތަ ދަށަށް ގޮސްފިއެވެ.

އިނގިރޭސިވިލާތުގެ ޞިއްޙަތާބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 26,144 މީހުންނަށްވަނީ ބަލިޖެހިފައެވެ. އެއީ ޖުލައި މަހުގެ 25ވަނަ ދުވަހަށްވުރެ 33 އިންސައްތަ ދަށް ޢަދަދެކެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ބަލިޖެހިގެން 71 މީހުންވަނީ މަރުވެފައެވެ. އެއީ ފާއިތުވި ހަފުތާއަށްވުރެ 9.2 އިންސައްތަ އިތުރު ޢަދަދެކެވެ.

އިނގިރޭސިވިލާތުގައި ޖުމުލަ 5.09 މީހުންނަށް ކޯވިޑް-19 ޖެހި 114،000 މީހުންވަނީ ބަލިމަޑުކަމުގައި މަރުވެފައެވެ. 55.98 މީހުންގެ އާބާދީއެއް އޮންނަ އިނގިރޭސިވިލާތުގައި 38.13 މިލިޔަން މީހުންވަނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައެވެ. އަދި 46.81 މިލިޔަން މީހުންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައެވެ.