ވިޔަފާރި

ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަން ގުޅައިދިނުން މުޅިން ހިލޭ!


ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށް އަލަށް ސަބްސްކްރައިބް ކުރައްވާ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް މިއަދު ދިރާގުން ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ފައިބަރ ކޭބަލްއެއް އަޅާފައިވާ ބިލްޑިންގތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން %50 ޑިސްކައުންޓްވެސް ލިބިގެންދާނެކަމަށެވެ. މީގެ އިތުރުން، ދިރާގު ފައިބަރ ކޭބަލެއް ނެތް ބިލްޑިންގ ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެކަމަށާއި މި ޕްރޮމޯޝަން ކުރިއަށް ދާނީ މާރިޗް 2021 ގެ ނިޔަލަށްކަމަށްވެސް ދިރާގުން ބުނެއެވެ.

މިޕްރޮމޯޝަނުގައި 15 މާރިޗްގެ ކުރިން ދިރާގު ފައިބަރ ބްރޯޑްބޭންޑަށް އެޕްލައި ކުރާ ކަސްޓަމަރުން ތެރެއިން 25 ނަސީބުވެރި ފަރާތަކަށް ފައިބަރ ބްރޯޑްބޭންޑް ޕެކޭޖްގެ މަހު ފީ އިން %50 ޑިސްކައުންޓް 2 މަސް ދުވަހަށް ލިބިގެންދާނެކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގުގެ ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވީ މިދުވަސްވަރަކީ އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ދުވަސްވަރަކަށްވާއިރު، އިންޓަނެޓަށް ބަރޯސާވާން ޖެހޭ މިންވަރު ބޮޑުކަމަށެވެ. އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ފުޅާ އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކްގެ ޚިދުމަތް ހޯދުމަށް ރަނގަޅު ފުރުސަތެއްކަަމަށް އޭނާ ވިދާޅުވިއެވެ.

"ދިރާގު ފައިބަރ ބްރޯޑްބޭންޑް ޕެކެޖްތައް ފަރުމާކޮށްފައި ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށްބަލާ ތަފާތު ޑޭޓާ އެލަވަންސްތަކައި ހަލުވި ސްޕީޑް ހިމެނޭ ގޮތަށް. އަދި މީގެ އިތުރުން ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ލިބޭ ޕެކޭޖް އަދި އެންމެ ބާރު ސްޕީޑް ލިބޭ 1Gbps ޕެކޭޖްވެސް ދިރާގުން ލިބިގެންދާނެ" މިރުޝާން ވިދާޅުވިއެވެ.

ދިރާގުން ބުނީ ދިރާގު ފައިބަރ ބްރޯޑްބޭންޑް މިހާރު ގެންގުޅުއްވާ ކަސްޓަމަރުންނަށް މިހާރު %50 އިތުރު ހިލޭ ޑޭޓާ ފައިބަރ ބޫސްޓަރތަކުން މާރިޗް މަހުގެ ނިޔަލަށް ލިބިގެންދާނެކަމަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ޚިދުމަތްކަމަށް އެކުންފުނިން ބުނެއެވެ. އަދި ހަމަ އެހެންމެ، ދިރާގު ފައިބަރ ބްރޯޑްބޭންޑް ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަކަށް މި ޚިދުމަތް ދިރާގުން ދަނީ ފޯރުކޮށްދެމުންނެވެ.