ޚަބަރު

ނާއިބް ރައީސް ފައިސަލް ނަސީމް ހޮސްޕިޓަލުގައި އެޓްމިޓްކޮށްފި


ނާއިބް ރައީސް ފައިސަލް ނަޞީމްގެ ޞިއްޙީ ޙާލުކޮޅު ދެރަވެ ހޮޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ ނާއިބް ރައީސް އާލާސްކަންފުޅާ އުޅުއްވާތީ ޑޮކްޓަރަށް ދެެއްކުމަށް ރޭ އައިޖީއެމްއެޗަށް ވަޑައިގެންނެވުމުން އިތުރު ފަރުވާއަށް އެޑްމިޓްކުރަންޖެހޭކަމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާކަމަށެވެ.

އެމަނިކުފާނުގެ އާލާސްކަންފުޅާ ގުޅިގެން ރޭގައި ކޯވިޑް-19އަށް ޓޭސްޓުކޮށް ނަތީޖާވެސް ލިބިފައިވާކަމަށާ، އެމަނިކުފާނުވަނީ ކޯވިޑް-19އަށް ނެގެޓިވް ވެފައިކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ޙާލުކޮޅު ސްޓޭބަލްކަމަށް މަބުރޫކް ވިދާޅުވިއެވެ. ނާއިބް ރައީސަށް ފަރުވާދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.