ޚަބަރު

ދޯންޏެއް އަޑިޔަށްގޮސް ކަނޑުވި ބަޔަކު ސަލާމަތްކޮށްފި


މުދާ އަރުވައިގެން ރ. މީދޫ ކައިރިން ދަތުރުކުރި ދޯންޏަކުން ކަނޑުވި ތިން މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ. މި ޙާދިސާގައި ކަނޑުވި ތިން މީހުންގެ ޙާލުވެސް ރަނގަޅުކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ފުލުހުން ވިދާޅުވީ މިދޯނިން ދަތުރުކުރި މި ތިން މީހުން ކަނޑުވެފައިވަނީ ރ. ފިލާދޫ ކައިރީގައި އޮތް ގިރިޔަކަށް އަރައި ދޯނީގެ ބޮޑުބައެއް އަޑިޔަށް ދިޔުމުގެ ސަބަބުންކަމަށެވެ. ފުލުހުންނަށް މި ޙާދިސާގެ މަޢުލޫމާތު ލިބިފައި ވަނީ މެންދުރު 13:00 ހާއިރު ކަމަށް ފުލުހުން ވިދާޅުވެއެވެ.