ޚަބަރު

ހިޔާ ފްލެޓްތަކުގައި ކުލަ ލަނީ ކުލަ ފިލާފައިވާތީ: އެޗްޑީސީ


ހިޔާ ފްލެޓްތަކުގައި ކުލަ ލަނީ ފްލެޓްތަކުގެ ކުލަ ފިލާފައިވާތީ ކުލަ އާ ކުރަންޖެހުމުން ކަމަށް އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެޗްޑީސީން މިހެން ވިދާޅުވީ ހިޔާ ފްލެޓްގެ ކުލަ ރީނދޫ ކުލައަށް ބަދަލުކުރަމުންދާ ކަމަށްބުނެ ސޯޝަލް މީޑިޔާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން އެކަން ރައްޔިތުންނަށް އޮޅުންފިލުވާ ދިނުމުގެ ގޮތުން ކުރި ޓުވީޓެއްގައެވެ.

އެޗްޑީސީން މައުލޫމާތު ދެއްވި ގޮތުގައި ހިޔާ ފްލެޓްގައި ލަމުންދަނީ އޮރެންޖް ކުލައެވެ. އަދި އެއީ މިއަހަރުގެ ޖެނުއަރީ މަހުވެސް ފަށާފައިވާ މަސައްކަތެއް ކަމަށް އެޗްޑީސީން މައުލޫމާތު ދެއްވައެވެ.

އެޗްޑީސީން މައުލޫމާތު ދެއްވި ގޮތުގައި ހިޔާ ފްލެޓްތަކުގައި ކުލަ ލުމުގެ މަސައްކަތް ކުރަމުން އަންނަނީ ފްލެޓްތައް ހެދުމުގެ މަސައްކަތްވެސް ކުރި ކޮންޓްރެކްޓަރެވެ. އަދި ކޮންޓްރެކްޓްގެ މުއްދަތު ހަމަވެފައި ނުވާތީ މި މަސައްކަތް ކުރުމަށް އެއްވެސް ޚަރަދެއް އެޗްޑީސީން ނުވަތަ ސަރުކާރުން ނުކުރާކަން ވެސް އެޗްޑީސީިންވަނީ ފާހަގަކޮށްފައެވެ.

ހިޔާ ފްލެޓްތަކުގެ މަސައްކަތް ކުރިއަށްދާއިރު މިމަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް މިމަހުގެ ނިޔަލަށް ފައިނަލް ކުރެވޭނެކަމަށް ފްލެޓްތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމިޓީން ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ކުރަމުންދަނީ ވަގުތީ ލިސްޓުތަކަށް ލިބިފައިވާ ޝަކުވާތައް ރިވިއުކޮށް ޖަވާބުދާރީވުމުގެ މަސައްކަތްކަމަށާއި މިހާރު އިޢުލާން ނުކުރެވިވަނީ ހަމައެކަނި ސިވިލް ސަރވިސް މުވައްޒަފުންގެ ކެޓެގަރީގެ ވަގުތީ ލިސްޓް ކަމަށްވެސް ފްލެޓް ކޮމިޓީންވަނީ ހާމަކުރައްވާފައެވެ.

ޝުކުރިއްޔާ

މިހާރު ކިހާރީތި މިހާރު ހިޔެއް ނުވޭ އެއްވެސް ޕާރޓީއަކައް ނިސްބަޔްވާތަނެއް ހެނެއް