ޚަބަރު

ތެޔޮ ބައުޒަރެއްގައި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


ލ.ގަމުގައި ތެޔޮ ބައުޒަރެއްގައި ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ ލ.ގަން މަތިމަރަދޫ މާރުކޭޓު ކުރިމަތިން، ހައިވޭގައި ސައިކަލަކާއި ތެޔޮ ބައުޒަރެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދު9:30 ހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ. މިއެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންކަމަށް އެއިދާރާއިން ވިދާޅުވެއެވެ.