ޚަބަރު

ތިނަދޫ ކޯވިޑް ފެސިލިޓީ 20 ދުވަހުގެ ތެރޭގައި ނިންމައި ޕްލޭނިންގ މިނިސްޓްރީއާއި ހަވާލުކޮށްފި


ގދ. ތިނަދޫގައި ޤާއިމްކުރި ކޯވިޑް-19އަށް ފަރުވާދޭ ފެސިލިޓީގެ މަސައްކަތް ނިންމާ ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއާއި ހަވާލުކޮށްގެން ގދ.ތިނަދޫގައި އިމާރާތްކުރި އިމަރޖެންސީ ކޯވިޑް-19 ފެސިލިޓީގެ މަސައްކަތް އެކުންފުނިން ނިންމާފައިވަނީ އެންމެ 20 ދުވަހުގެ ތެރޭގައެވެ. 22 އެނދުގެ ޖާގައިގެ މި މެޑިކަލް ފެސިލިޓީގައި ކަރަންޓީން ފެސިލިޓީއާއި، ބަލިމީހުންނަށް އެންޑްމިޓްކޮށްގެން ޚިދުމަތްދެވޭނެ ގޮތާއި އައިސީޔޫގެ ޚިދުމަތްވެސް ވަނީ ޤާއިމުކޮށްފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ސަރުކާރުން ވަނީ ޚާއްސަ މެޑިކަލް ފެސިލިޓީތަކެއް ޤާއިމުކޮށްފައެވެ. އެއީ، ށ. ފުނަދޫ ކޯވިޑް ފެސިލިޓީއާއި، ބ. އޭދަފުށީ މެޑިކަލް ފެސިލިޓީއާއި، ލ. ގަން މެޑިކަލް ފެސިލިޓީއާއި، ގއ. ވިލިނގިލީ މެޑިކަލް ފެސިލިޓީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީއެވެ. މީގެ އިތުރުން ޓްރާންސިޓް މެޑިކަލް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ހއ. އިހަވަންދޫއާއި ފުވައްމުލަކު ސިޓީގައިވެސް ވަނީ މެޑިކަލް ފެސިލިޓީއެއް ޤާއިމުކޮށްފައެވެ.