ދުނިޔޭގެ ވިޔަފާރި

އެޕަލްއިން ފުރަތަމަ ފަހަރަށް 5ޖީ ޓެކްނޮލޮޖީގެ އައިފޯނުތަކެއް ނެރެފި

ގިނަ ބަޔަކު އިންތިޒާރުކުރަމުންދިޔަ އެޕަލްގެ އާ ފޯނުތަކާއި އުފެއްދުންތައް ދައްކާލައިފިއެވެ.

އެޕަލްއިން ބޭއްވި ޚާއްސަ އޮންލައިން އިވެންޓްގައި އެޕަލްގެ އާ ފޯނުތައްކަމަށްވާ، އައިފޯން 12، އައިފޯނު 12ޕްރޯ، އައިފޯން 12މެކްސް އަދި އައިފޯނު 12މިނީ ވަނީ ފުރަތަމަ ފަހަރަށް ދައްކާލާފައެވެ. ފޯނުތަކުގެ އިތުރުން އެޕަލްއިން ވަނީ ހޯމްޕޮޑް މިނީ ނަމަކަށް ކިޔާ ސްމާޓް ސްޕީކަރއެއްވެސް ލޯންޗުކޮށްފައެވެ. އެޕަލްއިން އަލަށް ނެރުނު 3 ފޯނަކީވެސް ފައިވްޖީ ޓެކްނޮލޮޖީގެ ފުރަތަމަ އައިފޯނުތަކެވެ.

6.1 އިންޗީގެ ޑިސްޕްލޭއެއް ހުންނަ އައިފޯނު 12 ޕްރޯ މެކްސްއަށް ބަލާލާއިރު، މިއީ އައިފޯނުތަކުގެ ތެރެއިން އެންމެ ބޮޑު ސްކްރީނެއް ހުންނާނެ އައިފޯނެވެ. އަދި ފޯނުގެ ރައްކާތެރިކަމަށް ސެރަމިކް ޝީލްޑް ފްރަންޓް ކަވަރއެއް ފޯނުގައިވެއެވެ. މިފޯނުގައިވާ އޭ ފޯޓީން ބަޔޯނިކް ޗިޕަކީ މިހާތަނަށް ސްމާޓް ފޯނެއްގައި ބޭނުންކުރާނެ އެންމެ ވަރުގަދަ ޗިޕެވެ. އައިފޯނު 12 ޕްރޯ މެކްސްގައި 6.7 އިންޗީގެ ޑިސްޕްލޭއެއް ހުންނައިރު އައިފޯނު 12 ޕްރޯގައި ހުންނަނީ 6.1 އިންޗީގެ ޑިސްޕްލޭއެކެވެ. އެނޫނީ މި ދެ ފޯނުގެ ދެމެދުގައި މާބޮޑު ތަފާތެއް ނެތެވެ. އައިފޯނު 12 ޕްރޯ މޮޑެލްގެ ފޯނުތަކުގައި ހުންނާނީ ސްޓެއިންލެސް ސްޓީލް ޑިޒައިންގެ ހަތަރު ކުލައެއްގައެވެ. އަދި ފޯނުގެ ކެމެރާވެސް ވަނީ އިތުރަށް ތަރައްޤީކޮށްފައެވެ،

އެޕަލް އައިފޯނު 12 އާއި އައިފޯނު 12 މިނީއަށް ބަލާލައިރު، އައިފޯނު 12 އަކީ 6.1 އިންޗީގެ ފޯނެކެވެ. އަދި އައިފޯނު 12 މިނީއަކީ 5.4 އިންޗީގެ ފޯނެވެ. މީގެެތެރެއިން އައިފޯނު 12 މިނީއަކީ މިހާތަނަށް ނެރޭ އެންމެ ތުނި، އެންމެ ލުއި އަދި އެންމެ ކުޑަ ފައިވްޖީ ސްމާޓްފޯނެވެ.


ފޯނުތަކުގެ އިތުރުން އެޕަލްއިން ވަނީ މުޅިން އަލަށް ހޯމްޕޮޑް މިނީ ނަމަކަށް ކިޔާ ސްޕީކަރެއްވެސް ތަޢާރަފްކޮށްފައެވެ.