ޚަބަރު

ސިވިލް ކޯޓުގެ ޤާޟީ ޒުބައިރު މުޙައްމަދާއި ގުޅުހުންހުރި މައްސަލަތަކެއް ތަޙުޤީޤު ކުރަނީ


ސިވިލް ކޯޓުގެ ޤާޟީ ޒުބައިރު މުޙައްމަދާއި ގުޅުހުންހުރި މައްސަލަތަކެއް ތަޙުޤީޤުކުރަން ނިންމާފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ވިދާޅުވީ ސިވިލް ކޯޓުގެ ޤާޟީ ޒުބައިރު މުޙައްމަދު ސިޔާސީ ހަރަކާތްތަކާއި ޖަމިއްޔާއެއްގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާކަމަށް އެ މިކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަޙްޤީޤުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި ޤާޟީ ޒުބައިރު މުޙައްމަދުގެ އެ މައްސަލަ ބަލަން ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

މީގެ ކުރިން ޖޭއެސްސީން ވަނީ ސިވިލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ ޢަލީގެ ސީރިއަސް މައްސަލަތަކެއް ބަލަމުންދާކަންވެސް ހާމަކޮށްފައެވެ. އެއީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި ދަޢުވާކުރާ ފަރާތުގެ ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް ޢައްޔަންކޮށްފައިވާ ފަރާތު ކޯޓަށް ހާޟިރު ނުކޮށް މައްސަލަ ބާޠިލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަަމަށް ޖޭއެސްސީން މިދިޔަ ޖޫން މަހު ވަނީ ވިދާޅުވެފައެވެ.