ޚަބަރު

މީހަކު ހޯދަން ފުލުހުން ވީޑިއޯ ޢާއްމުކޮށްފި


ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ޢާއްމުންގެ އެހީއަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ކުރި ޓުވީޓެއްގައިވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަމުން އަންނަކަމަށެވެ. އެމީހާ ހޯދުމަށް ފުލުހުންވަނީ އޭނާގެ ވީޑިއޯވެސް ޢާއްމުކޮށްފައެވެ.

އެހެންނަމަވެސް އެމީހާ ހޯދަމުން އަންނަނީ ކޮންމައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ހޯދަން އާންމުކޮށްފައިވާ މީހާގެ ވީޑިއޯ/ ވީޑިއޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

މިމީހާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އިނގޭ ފަރާތެއްވާނަމަ ފުލުހުންގެ ނަމްބަރު 3322111އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޚާއްސަ ނަމްބަރު 9631696 އަށް ގުޅާ މަޢުލޫމާތު ދެއްވުމަށް ފުލުހުންވަނީ އެދިފައެވެ. އެހެންނަމަވެސް އެމީހާ ހޯދަމުން އަންނަނީ ކޮންމައްސަލައަކާއި ގުޅިގެންކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.