ބާސްކެޓް

ސަތާރަ ޕޮއިންޓްގެ ތަފާތުން ރާއްޖޭގެ ބާސްކެޓް ޓީމް ބަލިވެއްޖެ


ސަތާރަ ޕޮއިންޓްގެ ތަފާތުން ގައުމީ ފިރިހެން ބާސްކެޓް ބޯލް ޓީމް އެޓީމް ކުޅުނު
ފުރަތަމަ މެޗުން ބަލިވެއްޖެ. 

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް
ގޭމްސްގައި ގައުމީ ބާސްކެޓް ބޯޅަ ފިރިހެން ޓީމް ކުޅުނު ފުރަތަމަ މެޗުން އެޓީމް
ބަލިވެފައިވަނީ މޮރިޝަސްއާ ވާދަކޮށް ފަސްދޮޅަސް ޕޮއިންޓް  ހަތްދިހަ ހަތް ޕޮއިންޓުންނެވެ. ކޮމްޕްލެކްސް
ސްޕޯޓްސް މުނިސިޕަލްގައި ކުޅުނު މިމެޗްގައި ގައުމީ ބާސްކެޓް ޓީމް ބަލިވިކަމުގައި
ވީނަމަވެސް އެޓީމްގެ ފާރާތުން މޮޅު ކުޅުމެއްފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.ފުރަތަމަ ކުއާޓާރގައި އެއް ޕޮއިންޓްގެ ތަފާތުން ރާއްޖޭގެ ޓީމް ބައިވެފައިވަނީ 20
ޕޮއިންޓް 21 ޕޮއިންޓުންނެވެ. ދެވަނަ ކުއާޓާރގައި ރާއްޖޭގެ ޓީމްއިން މޮޅު
ކުޅުމެއްދެއްކި ކަން ފާހަގަކޮށްލެވޭ، ނަމަވެސް ވަރުގަދަ އަދި އިސްކޮޅުން ދިގު
މޮރިޝަސްގެ ކުޅުންޔެރިން އަތުން ދެވަނަ ކުއާޓާރގައި ރާއްޖެ ބަލިވެފައިވަނީ
ތިރީސް ދެ ޕޮއިންޓް ތިރީސް ނުވަ ޕޮއިންޓުންނެވެ. އަދި ތިންވަނަ ކުއާޓާރގައި ރާއްޖެ
ބަލިވެފައިވަނީ ސާޅީސް އަށް ޕޮއިންޓް، ފަންސާސް ހަ ޕޮއިންޓުންނެވެ.މެޗްގެ
ހަތަރުވަނަ ކުއާޓާރއަށް ދިޔައިރު، މޮރިޝަސްގެ ފަރާތުން ފެނިގެންދިޔައީ މުޅިހެން
ތާފާތު ކުޅުމެކެވެ. ކުރިއަށް އަވަސް ބޯޅަތަކެއް ކުޅުމުގެ އިތުރުން ތިރިން ބޯޅަ
ކުޅުމުގެ ބަދަލްގައި މޮރިޝަސްއިން މުޅިންހެން ކުޅެމުންދިޔައީ މަތިންނެވެ. މަތިން ކުޅެން
ފެށުމުން ރާއްޖޭގެ ކުޅުންތެރިންނަށް، މޮރިޝިއަސްގެ ދިގު ކުޅުންތެރިންގެ ކައިރިން
ކުޅުމުގައި ގިނަ ދަތިތަކާ ކުރިމަތިލާންޖެހުނެވެ. 

ހަތަރުވަނަ ކުއާޓާރ އަދި ފައިނަލް
ކުއާޓާރގައި މޮރިޝަސް މޮޅުވީ ހަތްދިހަ ހަތް ޕޮއިންޓް ފަސްދޮޅަސް ޕޮއިންޓްއިން.
މެޗަށްފަހު ގައުމީ ފިރިހެން ބާސްކެޓް ބޯޅަ ޓީމްގެ ކޯޗް އަހުމަދު ނާހިދުބުނީ ޓީމްގެ
ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ހިއްހަމަޖެހޭކަމަށާ މެޗުން ބަލިވިކަމުގައި
ވީނަމަވެސް އެކުޅުންތެރިން ވަރަށް ހިއްވަރުކުރިކަމަށެވެ.



" ޓީމް ވަރަށް ހިއްވަރުކުރި. މެޗުން އަސްލުބަލިވީ މޮރިޝަސް ޓީމްގެ
ކުޅުންތެރިންގެ ފިޒިކަލް ބޭނުން ކުރަންފެށުމުން. އަދި އެޓީމް ކުޅުންތެރިން
ދިގުވުމުން އެކަމުގެ ފައިދާ އެމީހުން ވަރަށް ބޮޑަށް ނެގިއެވެ. ތިންވަނަ ކުއާޓާރއާ
ހަމައަށް ދިޔައީ ވަރަށް ވާދަވެރިކޮށް، ނަމަވެސް މޮރިޝިއަސް ޓީމް ދިގުވުމުން
އެކަމުގެ ފައިދާ އެޓީމްއިން ފަހު ކުއާޓާރގަ ނެގީ" ނާހިދު ބުންޏެވެ.މޮރިޝަސް ޓީމްގެ ނައިޖީރިއާރގެ ކޯޗް މުހައްމަދުބުނީ ރާއްޖޭއަކީ ވަރަށް
ސަޕްރައިޒިން ޓީމްއެއްކަމަށާ ހާއްސަކޮށް މިހާ މޮޅު ކުޅުމެއް ރާއްޖޭގެ ޓީމްގެ
ފަރާތުން ފެންނާނެކަމަށް އުއްމީދުވެސް ނުކުރާކަމަށެވެ. މެޗުން ރާއްޖެ ބަލިވީ ރާއްޖޭގެ
ކުޅުންތެރިން ކުރުވުމުގެ ސަބަބުންކަމަށްވެސް މޮރިޝިއަސް ޓީމްގެ ކޯޗް މުހައްމަދު ވަނީ ބުނެފައެވެ.



"ރާއްޖޭގެ ކުޅުންތެރިންވަރަށް މޮޅު. ހުނަރުވެސް އެބަހުރި. ނަމަވެސް
އެމީހުން މޮރިޝަސް ކައިރީގައި މާކުރީ. އަހަރުމެން މޮޅުވީ އަހަރުމެންގެ
ކުޅުންތެރިން ދިގުވީމަ. އަދި ފިޒިކަލްވެސް ރަގަނޅު ވީމަ. ރާއްޖޭގައި އަދި ދެތިން
ކުޅުންތެރިން ދިގުނަމަ، ރާއްޖެއާ ދެކޮޅަށް ކުޅެންވަރަށް އުދަގޫވާނެ". މޮރިޝިއަސް ޓީމްގެ ކޯޗް މުހައްމަދު ބުންޏެވެ.



މިމުބާރާތުގައި ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމް ކުޅުމަށް ހަމަޖެހިފައިވާ
ދެވަނަ މެޗްގައި މާދަމާ ނިކުންނާނީ މުބާރާތް ބައްވާ ގައުމްކަމުގައިވާ ރީޔޫނިއަންއާ
ދެކޮޅަށެވެ.